ފަހި ފްލެޓުގައި ހެދި ލޭބަރު ކުއާޓާރުން ބިދޭސީން ނެރެ، މިހާރު އުޅެނީ ފްލެޓް ލިބުނު މީހުން

ސަން

24 ފެބްރުއަރީ 2026 | އަންގާރަ | 10:57

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއްގައި ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި, ފިޔަވަޅު އެޅުމުން، މިހާރު އެ ފްލެޓުގައި ދިރިއުޅެނީ އެ ތަން ލިބުނު މީހުންކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ.

މި މަހުގެ 11ވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް 'ސަން'އަށް ވިދާޅުވީ، ފަހި ފުލެޓުގައި އުޅޭ މީހަކު ލޭބާ ކުއާޓަރު ހިންގާކަމަށް، އެ ކޯޕަރޭޝަނުގެ މުވައްޒަފުން ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ ފުލެޓު އެއްބަސްވުމުގައިވާ ގޮތަށް، އެ މީހާ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރިކަމަށް، ޙަމްދާން ވިދާޅުވިއެވެ. އަދި އެ ފުލެޓުން ބިދޭސީން ނެރެން ދިހަ ދުވަސް ދިނެވެ.

މައުޟޫޢުތަށް