އަނިޔާވެރިކޮށް މަރާލާފައިވާ ގާސިމްގެ އާއިލާއަށް ނުގުޅަން، ކުށް ސާބިތުވި އަދުހަމަށް އަންގައިފި

ސަން

24 ފެބްރުއަރީ 2026 | އަންގާރަ | 12:34

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން، ގާސިމްގެ އާއިލާއަށް އެއްވެސް ގޮތަކަށް ގުޅަން މަސައްކަތް ނުކުރުމަށް ޝަރީއަތުން އޭނާއަށް އަންގައިފިއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް، އަނިޔާވެރިކޮށް މަރާލާފައިވަނީ ހުޅުމާލޭގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަލައިގައި، އަދުހަމުގެ މައްޗަށް އޮތީ މަރުގެ އަދަބު ކަނޑައަޅާފައެވެ.

އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީއެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފައެވެ.

މައުޟޫޢުތަށް