ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓު: ބޭރު ގައުމުތަކުގައި ފޮށިތައް ނުބަހައްޓާނެ
ސަން
24 ފެބްރުއަރީ 2026 | އަންގާރަ | 2:16
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާއި، ކައުންސިލް އިންތިޚާބަށް ބޭރު ގައުމުތަކުގައި ވެސް އެއްވެސް ފޮށްޓެއް ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.
އެ ދެ އިންތިޚާބަށް ރީރެޖިސްޓްރީ ވާން ހުޅުވާލީ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.