އައްޑޫގައި ޑެންގީ ފެތުރުން އިތުރުވެ، މި މަހު އެކަނިވެސް 48 ކޭސް
ސަން
24 ފެބްރުއަރީ 2026 | އަންގާރަ | 2:47
ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީގައި ޑެންގީހުން ފެތުރުން އިތުރުވެފައިވާތީ، ރައްޔިތުން އެކަމަށް ސަމާލުވެ ތިބުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ޑެންގީ ހުމަކީ އީޑީސް މަދިރިން ޖެހޭ ބައްޔެކެވެ. އެ ބަލި ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، ގޮސް އެހެން މީހުންގެ ގައިގައި ހެފުމުންނެވެ.
'ސަން'އަށް މައުލޫމާތު ދެމުން އޭއީއެޗްއިން ބުނީ، މިދިޔަ މަހު އެ ހޮސްޕިޓަލަށް ޑެންގީގެ 51 ކޭސް ރިޕޯޓުކޮށްފައި ވާކަމަށާއި މި މަހުގެ މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައި ވާކަމަށެވެ.