ބަޖެޓަށް ވުރެ ބޮޑު އަންދާސީ ހިސާބު ހުށަހަޅާތީ، އޮޅުހިޔާ މަރާމާތު ކޮށްދޭނެ ބަޔަކު އަނެއްކާވެސް ހޯދަނީ
ސަން
24 ފެބްރުއަރީ 2026 | އަންގާރަ | 3:31
އޮޅުހިޔާ މަރާމާތުކޮށްދޭން މީގެ ކުރިން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ބޮޑުކަމަށް ބުނެ، އަނެއްކާވެސް އޮޅުހިޔާ މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކޮށްފައިވާ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓާއި ޖެނެރަލް ހޯލްޑިން އޭރިއާއާއި ފާޚާނާއާއި ފާރަވެރިންގެ ކޮޓަރިއާއި އޮފީސް މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ފުރަތަމަ އެ މިނިސްޓްރީން އިއުލާނުކުރީ، މިދިޔަ މަހު 29ގައެވެ.
އެ އިއުލާނު ބާތިލުކޮށް މި މަހު ހަތަރެއްގައި ވެސް އޮޅުހިޔާ މަރާމާތު ކުރާނެ ބަޔަކު ހޯދިއެވެ. އެކަމަކު، އެ އިއުލާނު ވެސް މިހާރު ވަނީ ބާތިލުކޮށްފައެވެ.