ގަވާއިދާ އެއްގޮތަށް ހުރި އުޅަނދުތައް ދުއްވި މީހުންނަށް ފުލުހުން ހަދިޔާ ދީފި

ސަން

24 ފެބްރުއަރީ 2026 | އަންގާރަ | 3:51

ފުލުހުން އުޅަނދުތައް ބަލައިފާސްކުރިއިރު، ގަވައިދާ އެއްގޮތަށް ހުރި އުޅަނދުތައް ދުއްވި މީހުންނަށް އިއްޔެ ހަދިޔާ ދީފިއެވެ.

މަގުތައް ބަލަހައްޓާ ޓްރެފިކް ޕޮލިސްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ، ރޯދަ މަހު ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން އިއްޔެ ހަވީރު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވެ، ބައެއް އުޅަނދުތައް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ ހަރަކާތުގައި، ގަވާއިދާ އެއްގޮތަށް ހުރި ކަމަށް ފާހަގަވި އުޅަނދުތަކުގެ ވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ މީހުންނަށް ހަދިޔާތައް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަދިޔާތަކަކީ ފުލުހުން 'ރައްކާ' ހަރަކާތުގެ ޕާޓްނަރުން ފޯރުކޮށްދީފައިވާ ހަދިޔާތައްކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

މައުޟޫޢުތަށް