ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މިދިޔަ މަހު 15 މިލިއަން ޚަރަދުކުރި

ސަން

24 ފެބްރުއަރީ 2026 | އަންގާރަ | 4:41

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މިދިޔަ މަހު 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން މިއަދު ވަނީ، ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ ޕްރޮގްރާމުގައި ހިމެނިފައިވާ މީހުންނަށް މިދިޔަ މަހު ދީފައިވާ މާލީ އެހީގެ ހިސާބުތައް ހާމަކޮށްފައެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި، ފަގީރު ހާލުގައި ދަރިން ބަލަހައްޓާތީ 2،974 ބެލެނިވެރިންނަށް މާލީ އެހީ ލިބެއެވެ. އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، މާލީ އެހީ ލިބޭ ކުޑަކުދިންގެ އަދަދު 3،066އަށް އަރައެވެ.

މައުޟޫޢުތަށް