ވެމްކޯ ސައިޓެއްގައި އަނެއްކާވެސް ހާދިސާއެއް ހިނގައި، މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ސަން

24 ފެބްރުއަރީ 2026 | އަންގާރަ | 10:25

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓެއްގައި އަނެއްކާވެސް ހާދިސާއެއް ހިނގައި މުވައްޒަފަކަށް އަނިޔާވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް