ނަހުލާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް

ސަން

24 ފެބްރުއަރީ 2026 | އަންގާރަ | 11:25

މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ބޭފުޅެއްގެ ކުންފުންޏަކަށް ނުގަވައިދުން ބިމެއް ދީފައި އޮތް މައްސަލަ ބެލުމަށްޓަކައި، އެ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކުރަން ފޮނުވުމުން، މޭޔަރުގެ އާއިލީ ބޭފުޅަކު ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ބައްޕައަށް ގުޅުއްވައި އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލައަކީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 2027ގެ ނިޔަލަށް ބާކީ މުއްދަތު އޮތް އެގްރީމަންޓެއް ސީއައިއެމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އޮއްވައި، ހަމަ އެ ބިން މޭޔަރު އާދަމް އާޒިމްގެ ބޮޑުބޭބެއެއްގެ ކުންފުނި ކަމަށްވާ ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ވަސްމީރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހަދައިދީފައިވާ މައްސަލައެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަމަވެސް ކައުންސިލްގެ މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްދީފައި ނުވާތީ އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް