މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލު ފަހަތުގައި އިން ކުޑަ ކުއްޖަކު މަރުވެއްޖެ
ސަން
25 ފެބްރުއަރީ 2026 | ބުދަ | 8:53
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއްގެ ފަހަތުގައި އިން 16 އަހަރު ދިވެހި ފިރިހެން ކުއްޖަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައި ރޭ ދަންވަރު 1:39 ކަންހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.