ކުޑަކުދިންގެ ފޮތްތަކެއްގައި ފޮރުވައިގެން އެތެރެކުރި 1 ކިލޯގެ ޑުރަގް ބަލައިދިޔަ މީހާ 18 އަހަރަށް ޖަލަށް

ސަން

25 ފެބްރުއަރީ 2026 | ބުދަ | 10:13

ކުޑަކުދިންގެ ފޮތްތަކެއްގެ ތެރޭގައި ފޮރުވައިގެން، ފޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި އެއް ކިލޯގެ މަސްތުވާތަކެތި ބަލައި، ޕޯސްޓް އޮފީހަށް ދިޔަ މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، ޢަލީ މުފާވިޒް، ސ.މީދޫ / ހުދުވިލާގެ މައްޗަށެވެ.

އޭނާއަށް ތުހުމަތުކޮށް ބެލި މައްސަލައަކީ، ޑިސެންބަރު 20، 2023ގައި ޕޯސްޓުން ލިބުނު ފޮށިގަނޑެއް ބަލައިދިޔުމުން، އެ ފޮށިގަނޑު ކަސްޓަމްސްއިން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. އެ ފޮށިގަނޑު އެތެރެކޮށްފައިވަނީ އެހެން މީހެއްގެ ނަމުގައެވެ.

މައުޟޫޢުތަށް