ކުރިއަށް އޮތީ މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ފަސް ދުވަސް
ސަން
25 ފެބްރުއަރީ 2026 | ބުދަ | 11:48
ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ. އަދި، މުޅިން އެ ކަން ރަނގަޅުނުވާއިރު، މިއަދު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުން އަންނަ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ޚާއްސަކޮށް، އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް މިއަދު ދުންފުހުގެ އަސަރު ކުރާކަން މެޓުން ފާހަގަކުރިއެވެ. މިގޮތުން، އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު ރިޕޯޓުކުރަމުން ދަނީ، ދެ ކިލޯމީޓަރަށް ވުރެ ދަށުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.