އިއްޔެ ހެނދުނުން ފަށައިގެން ނޮޅިވަރަންފަރުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުވީ ދަންވަރު

ސަން

25 ފެބްރުއަރީ 2026 | ބުދަ | 12:17

ހދ. ނޮޅިވަރަންފަރަށް އިއްޔެ ހެނދުނުން ފަށައިގެން ކަރަންޓު ކެނޑިފައި އޮތުމަށް ފަހު، މައްސަލަ ހައްލުކޮށް، ރޭ ދަންވަރު އަލުން ކަރަންޓު ދީފިއެވެ.

އިއްޔެ ހެނދުނު 07:30ހާއިރުން ފެށިގެން ނޮޅިވަރަންފަރުގެ އެކި ހިސާބުތަކުން އައީ ކަރަންޓު ކެނޑެމުންނެވެ.

އެ ރަށަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކައިން ރޭ ބުނީ، ކަރަންޓު ކެނޑެނީ، އެއް ޖެންސެޓުގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މައުޟޫޢުތަށް