ދުންފުހުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި، ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަނީ
ސަން
25 ފެބްރުއަރީ 2026 | ބުދަ | 1:21
ރާއްޖެއަށް މިހާރު ދިމާވެފައިވާ ދުންފުހުގެ މައްސަލައިގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި، ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ. އަދި، މުޅިން އެ ކަން ރަނގަޅުނުވާއިރު، މިއަދު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ވަނީ، ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައެވެ.