އެސްޓީއޯއިން ފިޔާ ކިލޯއެއް 10 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް ހެޔޮކޮށްފި
ސަން
25 ފެބްރުއަރީ 2026 | ބުދަ | 1:16
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި, ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ އާއި އަލުވި ވިއްކާ އަގު މިއަދު ހެޔޮކޮށްފިއެވެ.
އަގުތަކަށް އައި ބަދަލަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ވަނީ 250 ރުފިޔާއިން 190 ރުފިޔާއަށް ހެޔޮކޮށްފައެވެ.
އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބެނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ހެޔޮކޮށްފައެވެ.