މައްސަލަ ހައްލުކުރަން ޑޮލަރު، ބާޒާރު އަގަށް ދޫކޮށްލަން ނަޝީދު އަނެއްކާވެސް ގޮވާލައްވައިފި

ސަން

25 ފެބްރުއަރީ 2026 | ބުދަ | 2:31

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް މި ގައުމަށް ރަނގަޅު ގޮތަކީ 'ފްލޯޓިން އެކްސްޗޭންޖް' ނިޒާމު ނުވަތަ ބާޒާރުގެ އަގަށް ޑޮލަރުގެ އަގު ބަދަލުވާ ގޮތަށް ދޫކޮށްލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ ކަޅު ބާޒާރު އުވާލުމުގެ ވައުދާއެކު ކަމަށްވާއިރު، 2024 ވަނަ އަހަރުގެ މާރިޗު މަހު އެ މަނިކުފާނު ވަނީ، ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭރު ޑޮލަރެއް ލިބެނީ 18 ރުފިޔާއަށެވެ.

އެހެންނަމަވެސް އޭގެ ފަހުން ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އާންމުކޮށް ހުންނަނީ 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައެވެ. އެއީ ޑޮލަރެއްގެ އަގަކީ 15.42 ރުފިޔާ ކަމަށް މަރުކަޒީ ބޭންކުން ކަނޑައަޅައިފައި އޮއްވައެވެ.

މައުޟޫޢުތަށް