ފިހާރައެއް ތެރޭ ވަޅިން ހަމަލާދީ މާރާމާރީ ހިންގުމުން 5 ދުވަހަށް ބަންދުކޮށްފި
ސަން
25 ފެބްރުއަރީ 2026 | ބުދަ | 4:11
ވަޅިއެއް ބޭނުންކޮށްގެން ފިހާރައެއް ތެރޭގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ޒުވާނަކު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 22:41 ހާއިރު މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ފިހާރައެއްގެ މުއައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުން ނެފައިވާ އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ބަންދުކޮށްފައި ވަނީ، ހދ. މަކުނުދޫ، ލުބޯގަސްދޮށުގޭ އުމުރުން 25 އަހަރުގެ ހުސައިން މަހީލްއެވެ.