ވަށަފަރު ކައުންސިލް އޮޑިޓް: ބައެއް މުވައްޒަފުން ޕެންޝަން ސްކީމުގައި ނުހިމެނުމުގެ އިތުރުން މާލީ ކަންކަން ރަނގަޅަށް ބަލާފައެއް ވެސް ނެތް

ސަން

25 ފެބްރުއަރީ 2026 | ބުދަ | 8:09

ވަޝަފަރު ކައުންސިލުން އެ ކައުންސިލުގެ ބައެއް މުވައްޒަފުން ޕެންޝަން ސްކީމުގައި ހިމަނާފައި ނުވުމުގެ އިތުރުން ކައުންސިލްގެ މާލީ ކަންކަން ރަނގަޅަށް ބަލާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ވަށަފަރު ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ، ގިނަ އަދަދެއްގެ ނަގުދު ފައިސާ ރައްކާތެރި ނޫން ތަންތަނުގައި ބަހައްޓާފައިވުމާއި، ލިބޭ ފައިސާ ގަވާއިދުން ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާ މައްސަަލަ ފާހަގަކޮށް އެކަން އިސްލާހުކުރަން ލަފާދީފައެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ 2022 ވަނަ އަހަރުގެ އޮޑިޓްކުރި މުއްދަތުގެ ތެރޭގައި ދެ ދުވަހެއްގެ މަތީން ނަގުދު ފައިސާ ގުނިއިރު، ޖުމްލަ 93،644 ރުފިޔާ ކައުންސިލްގެ އިދާރާގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ ދެ މުވައްޒަފެއްގެ ހާޒިރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ފައިސާ ގުނިއިރު، ކައުންސިލް މުއައްޒަފުންގެ ބެލުމުގެ ދަށުގައި ހުރި ތަޅުލެވޭ ލޮކަރެއްގައި 69،068 ރުފިޔާ ހުރިކަމަށާއި އެ ފައިސާއަކީ، އެ ވަގުތު ކައުންސިލް އިދާރާގައި ހުރި ހުރިހާ ނަގުދު ފައިސާކަމަށާއި އިދާރާގެ އިތުރު ތަނެއްގައި ނަގުދު ފައިސާ ނުހުންނާނެ ކަމަށް ކައުންސިލް އިދާރާއިން އޭރު މައުލޫމާތު ދިން ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މައުޟޫޢުތަށް