ޝަމްއާންގެ ދިފާއުގައި އެންމެފަހުން މަންމައާއި ބައްޕަ އަދި އަންހެނުން

ސަން

25 ފެބްރުއަރީ 2026 | ބުދަ | 11:25

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ދިފާއުގައި އޭނާގެ މަންމައާއި ބައްޕަ އަދި އަންހެނުން، ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.

ޝަމްއާންގެ މަންމައާއި ބައްޕަ އަދި އަންހެނުން ޝަމްއާންގެ ދިފާއުގައި ހެކިބަސްދިނީ، ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ.

މައުޟޫޢުތަށް