މައްސަލަ ޝަރިއަތަށް ހުށަހަޅާފައިވަނިކޮށް ހުއިފިލަނޑާތައް ވިއްކާލަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފި
ސަން
25 ފެބްރުއަރީ 2026 | ބުދަ | 11:39
ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ މި މައްސަލަ މިހާރު އޮތީ ހައިކޯޓު މަރުހަލާގައެވެ. ހައިކޯޓަށް ހުށަހަޅާފައިވަނީ އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެވެ.
މި މައްސަލައަކީ ފުވައްމުލަކު މީހަކު ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ.