ތާރީޚީ ގޮތުން ވެސް ޗާގޯސްގެ ގުޅުން އޮތީ ރާއްޖެއާ، މޮރިޝަސްއަށް ދައުވާނުކުރެވޭނެ: ފަރާޖު
ސަން
25 ފެބްރުއަރީ 2026 | ބުދަ | 11:13
ފޯޅަވަހީގެ ރަށްތަކާ ނުވަތަ ޗާގޯސް އައިލެންޑްސްއާ ގުޅުން އޮތް ތާރީޚެއް އޮތީ ރާއްޖެއާ ކަމަށާއި، އެ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށް ދައުވާ ނުކުރެވޭނެ ކަމަށް އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ ހައްގުވެރިއަކީ ރާއްޖެ ކަމަށް ބުނެ ރާއްޖެއިން އައިސީޖޭ އަށް މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެއެވެ. އެހެންވެ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް އެ ރަށްތައް ދިނުމަށް ކުރާ މަސައްކަތްތައް މިހާރުން މިހާރަށް މަޑުޖައްސާލުމަށް އޭނާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ.
://./218224