ކިޔަނީ "ޗާގޯސް" އެއް ނޫން، އެ ރަށްތަކަކީ "ފޯޅަވަހި": ފޮރިން މިނިސްޓަރު
ސަން
26 ފެބްރުއަރީ 2026 | ބުރާސްފަތި | 11:06
ފޯޅަވަހީގެ ރަށްތަކަށް "ޗާގޯސް" ކިއުމުގެ ބަދަލުގައި "ފޯޅަވަހި" ބޭނުންކުރަން ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް އެދިވަޑައިގެންފިއެވެ.
'އެކްސް'ގައި ޚަލީލް ރޭ ދަންވަރު ލިޔުއްވި ގޮތުގައި، ތާރީޚީ ގޮތުން ރާއްޖެއާ ގުޅުން އޮތް ރަށްތަކަކީ ފޯޅަވައްސެވެ. ޗާގޯސްއެއް ނޫނެވެ.
ޚަލީލް މިފަދައިން ލިޔުއްވާފައި ވަނީ، ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އެބައޮތް ކަމަށް ވިދާޅުވެ ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް އިނގިރޭސިވިލާތަށް މިދިޔަ މަހު އިއުތިރާޒު ހުށަހަޅާފައިވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ ފަސްވަނަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.