އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

ސަން

26 ފެބްރުއަރީ 2026 | ބުރާސްފަތި | 3:55

ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޗެއާޕާސަން ނަޝްވާ އަބްދުﷲ، މިއަދު މަގާމުން ވަކިކޮށްފިއެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އެފްޑީސީގެ ޗެއާޕާސަން ކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ނަޝްވާ ވަކިކޮށްފައި ވާކަމަށެވެ.

ނަމަވެސް އޭނާ ވަކިކުރި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް