އައްޑޫ ސިޓީއާއި ހުޅުދުއާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސާސަސް ބަދަލުގެންނަވައިފި

ސަން

26 ފެބްރުއަރީ 2026 | ބުރާސްފަތި | 5:40

އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގައި ނެގި ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ސިޓީ އާއި ހުޅުދުއާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސާސަށް ބަދަލުގެންނަވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާ ގުޅޭ ގޮތުން ހުޅުދުއާއި މީދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގީ މިދިޔަ އޮކްޓޫބަރު މަހުގެ 25ގައެވެ.

އެ ވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 47 ޕަސެންޓު މީހުންނެވެ. އަދި ހުޅުދުއާއި މީދޫން ވަކި ދެ ކައުންސިލް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ފޭދޫން ނިންމީ ސިޓީ ކައުންސިލުގައި ދެމިއޮތުމަށެވެ.

މައުޟޫޢުތަށް