މާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރަނީ 25 މިލިއަނަކަށް ނޫން، 3.9 މިލިއަން ރުފިޔާއަށް: ސިޓީ ކައުންސިލް
ސަން
26 ފެބްރުއަރީ 2026 | ބުރާސްފަތި | 8:19
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަނީ، 3.9 މިލިއަން ރުފިޔާއަށް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ސިޓީ ކައުންސިލުން އެހެން ބުނެފައި ވަނީ، މާލެ ސިޓީ ކައުންސިލުން ފާސްނުކޮށް މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަށް 25 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝާ ހަވާލާދީ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.
އެ ކަމާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ، މެއި، 2021 ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 3.14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.