ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް އެޗްއާރުސީއެމުން ތަހުގީގެއް ފަށައިފި

ސަން

26 ފެބްރުއަރީ 2026 | ބުރާސްފަތި | 10:16

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގެއް ފަށައިފިއެވެ.

އެޗްއާރުސީއެމުން ތަހުގީގެއް ފަށާފައި ވަނީ، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ވެސް، ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުންނެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ވެމްކޯގައި ކުނި އުކާލުމާއި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ފާހަގަވެފައިވާތީ އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މައުޟޫޢުތަށް