ރައީސް އިދިކޮޅަށް: ދެ އިންތިޚާބު އެއްކުރުމާ ދެކޮޅީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބީމާ
ސަން
26 ފެބްރުއަރީ 2026 | ބުރާސްފަތި | 11:57
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން އިދިކޮޅު ދެކޮޅު ހަދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅަށް މިރޭ ރައްދެއް ދެއްވައިފިއެވެ.
މައި ދެ އިންތިޚާބު އެއް ދުވަހަކު ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ނަގާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު، ކައުންސިލް އިންތިޚާބާ އެކު ބާއްވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ.
އެ ކަމަށް އެމްޑީޕީގެ އިސްވެރިންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ދެކޮޅުކަން ހާމަކުރައްވާފައެވެ.