އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް އަކްރަމާއި އިބްރާހީމް ނެގި ކަމުގެ ތުހުމަތު ކޮށްފި

ސަން

27 ފެބްރުއަރީ 2026 | ހުކުރު | 11:43

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި, ކަމަށް މިނިސްޓަރު ރޭ ތުހުމަތުކުރައްވައިފިއެވެ.

ކުރު ސީސީޓީވީ ފުޓޭޖަކާ އެކު، މިނިސްޓަރު ރޭ ދަންވަރު ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު ވީޑިއޯއެއް ނަގާއިރު، އަކްރަމް ކައިރީގައި ހުންނަވައެވެ. އަދި، އިތުރު މީހަކު އެ ދެމީހުން ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މައުޟޫޢުތަށް