ކުނި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއް ބުރިޖު މައްޗަށް ފުރޮޅާލައިފި
ސަން
27 ފެބްރުއަރީ 2026 | ހުކުރު | 12:00
ކުނި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއް މިއަދު، ސިނަމާލެ ބުރިޖު މައްޗަށް ފުރޮޅާލައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސިނަމާލެ ބުރިޖުން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލާފައިވާ މައްސަލައެއް ހެނދުނު 09:45ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިގޮތުން، އެ ޕިކަޕު ފުރޮޅާލީ، ފުރޮޅު ފަޅައިގެން ގޮސް، އަރިއަޅާލައިގެން ފެންސްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.