ފަލަސްތީނުގެ މައްސަލައިގައި ހަމައެކަނި ވާހަކަނުދައްކާ ވަރުގަދަ ފިޔަވަޅު އަޅަންޖެހޭ: ރާއްޖެ

ސަން

27 ފެބްރުއަރީ 2026 | ހުކުރު | 2:35

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހަމައެކަނި ބަޔާންތައް ނެރުމާއި ވާހަކަދެއްކުމުގެ ބަދަލުގައި، އަމަލީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން, ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ، ރަމަޟާން މަހުގެ މި ދުވަސްވަރު ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިސްތިއުމާރީ އަޅުވެތިކަމާއި ބިންތައް ފޭރުމުގެ އަމަލުތަކަކީ އިންސާފާ ޚިލާފު ކަންތައްތަކެއް ކަމަށެވެ.

މައުޟޫޢުތަށް