ލައިސެންސް ނެތި ސައިކަލު ދުއްވައިގެން ކުޑަކުއްޖަކު މަރުވުމުން ހައްޔަރުކުރި ޒުވާނާ ޝަރުތުކޮށް، ދޫކޮށްލައިފި

ސަން

27 ފެބްރުއަރީ 2026 | ހުކުރު | 1:19

ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކޮންޓްރޯލްނުވެ, ހިނގި އެކްސިޑެންޓްގައި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުޑަކުއްޖާ މަރުވި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ޝަރުތުތަކާއެކު، އިއްޔެ ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ދަންވަރު މި އެކްސިޑެންޓް ހިނގީ, ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައިގެންނެވެ. އެ ސައިކަލް ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު ވަނީ މަރުވެފައެވެ.

://../218341

މައުޟޫޢުތަށް