އަންނަ މަހު މުޅި ރާއްޖެއަށް އާންމު މިންވަރަށް ވުރެ، ފިނިހޫނުމިން މަތިވާނެ: މެޓް
ސަން
27 ފެބްރުއަރީ 2026 | ހުކުރު | 3:40
އަންނަ އާދިއްތަ ދުވަހު ފެށޭ، މާރިޗު މަހުގައި މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނި ހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ، އޭޕްރީލް މަހުގެ ތެރޭގައެވެ. އެކަމަކު، މިހާރު ވަނީ އިހުސާސްކުރެވޭ ހޫނު މިން މައްޗަށް ދާން ފަށާފައެވެ.
އެ އިދާރާއިން މިއަދު ބުނި ގޮތުގައި، އަންނަ މަހު މުޅި ރާއްޖޭގައި ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެއެވެ.