"އަގުހެޔޮ 1،000 ހައުސިން ޔުނިޓުތައް ދިނުމުގައި އިސްކަން ދޭނީ އެންމެ ބޭނުންޖެހިފައިވާ، އަލަށް ފުލެޓު ގަންނަ އާއިލާތަކަށް"

ސަން

27 ފެބްރުއަރީ 2026 | ހުކުރު | 10:08

ހުޅުމާލޭގައި އަޅާ އަގުހެޔޮ 1،000 ޔުނިޓު ދިނުމުގައި އިސްކަން ދޭނީ އިންވެސްޓްމަންޓެއް ކުރުމުގެ ބޭނުމަށް ރިއަލް އެސްޓޭޓް ގަންނަ ފަރާތްތަކުގެ ބަދަލުގައި، އަލަށް ގެދޮރުވެރިވާން ބޭނުންވާ އާއިލާތަކަށް ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާން ކުރީ އިއްޔެއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު މިއަދު ވިދާޅުވީ ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ދެ އުސޫލެއްގެ މައްޗަށްކަމަށެވެ. އެއީ ލޯނު ނަގައިގެން އިޖުތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމާއި، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ތެރެއިން، ވަކި އިންސައްތައެއްގެ ޔުނިޓުތައް ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައި ވިއްކުންކަމަށެވެ.

މައުޟޫޢުތަށް