ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާ ގުޅޭ ގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް: އަމީން
ސަން
27 ފެބްރުއަރީ 2026 | ހުކުރު | 11:46
ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
އަމީން އެފަދައިން ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ އެކި ގޮތް ގޮތަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު އަމީން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ރާވާފައިވާ ޕްލޭނަކީ، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންގެ ތަޖުރިބާއާއި އެއާޕޯޓު ހިންގުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށް އަމީން ވިދާޅުވިއެވެ.