ސްކޭމް ކޯލް ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި

ސަން

28 ފެބްރުއަރީ 2026 | ހޮނިހިރު | 12:26

ޖަލުތަކުގައި ތިބޭ ގައިދީން ސްކޭމް ކޯލްތައް ކުރާ ކަމުގެ ތުހުމަތުތައް އިތުރުވެފައިވާއިރު، އެފަދަ ކޯލްތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކ. މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފިއެވެ.

އެ މެޝިން އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިހުސާނެވެ.

ކަރެކްޝަނުން ބުނީ އެ މެޝިނަކީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް ކަމަށާއި އެއީ އެ ޖަލުގައި ބެހެއްޓި އެފަދަ ފުރަތަމަ މެޝިން ކަމަށެވެ. އެއީ ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން މެޝިނެއްކަން ވެސް ކަރެކްޝަނުން ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް