މޮރިޝަސްއިން ގުޅުން ކަނޑާލުމުން ވަރަށް ކަންބޮޑުވޭ، ނަމަވެސް ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު
ސަން
28 ފެބްރުއަރީ 2026 | ހޮނިހިރު | 1:08
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން، މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުންތައް ކަނޑާލި ނަމަވެސް އެ މައްސަލައިގައި ރާއްޖޭން ފަހަތަށް ޖެހޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުންގެ އިއްޔެ ވަނީ، ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުން ދިވެހިރާއްޖޭގެ ސަރުކާރުން ހުއްޓާލައި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން މިހާރު އިއުތިރާޒު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
އެހެންވެ، ރާއްޖެއާ އޮތް ހުރިހާ ސިޔާސީ ގުޅުމެއް ވަގުތުން މެދުކަނޑާލުމަށް ކެބިނެޓުން ނިންމިކަން ވަނީ އިއުލާންކޮށްފައެވެ.