ގޯސްކަމެއް ކުރަން އިރުޝާދުދީ ސޮއިކޮށްފައިވާ ލިޔުމެއް އޮތްނަމަ، ހާމަކުރަން މޭޔަރު އާޒިމް ގޮވާލައްވައިފި

ސަން

28 ފެބްރުއަރީ 2026 | ހޮނިހިރު | 3:28

ގޯސްކޮށް ކަމެއް ކުރުމަށް އިރުޝާދުދީ ސޮއިކޮށްފައިވާ ލިޔުމެއް އޮތްނަމަ ހާމަކުރުމަށާއި، އެފަދަ ލިޔުމެއް އޮތްނަމަ އެންމެ ހިނދުކޮޅަކުވެސް މަގާމުގައި މަޑުނުކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް ވަނީ ތަކުރާރުކޮށް، އޭނާގެ ދައުރުގައި ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

އަދި އޭނާ ވަނީ، މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް މީގެ ކުރިން ދެމުން އައީ ނުވަ ތަނެއް ކުއްޔައް ނަގައިގެން ކަމަށްވީ ނަމަވެސް، އެ ޚިދުމަތްތައް މިހާރު އެއް އިމާރާތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި އެއީ ޚިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއަށް އެތައް ފަސޭހަތަކެއް ވާނޭ ކަމެއް ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް