ހަނގުރާމަ ފެށިފައިވާ މެދުއިރުމަތީ ދިރިއުޅޭ ދިވެހީންގެ ކަންކަން އެބަ ބަލަން، އެހީވާން ތައްޔާރު: ފޮރިން މިނިސްޓްރީ

ސަން

28 ފެބްރުއަރީ 2026 | ހޮނިހިރު | 3:15

މެދުއިރުމަތީގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ، މަސްރަހު ހޫނުވަމުންދާތީ އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެހީވާން ތައްޔާރުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، މެދުއިރުމަތީގެ މަސްރަހު މިވަގުތު އޮތް ގޮތުން އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން، އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ނެރޭ ސަލާމަތީ އިރުޝާދުތަކާއި އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި، އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މައުޟޫޢުތަށް