ހަމަލާތަކާ ހެދި ވައިގެ ސަރަހައްދު ބަންދުކުރުމުން، މާލޭން ދުބާއީއަށް ދިޔަ ފްލައިޓެއް ޑައިވާޓްކޮށްފި
ސަން
28 ފެބްރުއަރީ 2026 | ހޮނިހިރު | 4:29
އީރާނުގެ ހަމަލާތަކާ ހެދި މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖޭން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ދިޔަ ފްލައިޓެއް އެނބުރި އަތުވެއްޖެއެވެ.
ފްލައިޓްރޭޑާގެ މައުލޫމާތުން ދައްކާ ގޮތުން، ފްލައި ދުބާއީގެ ފްލައިޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދާން ޝެޑިއުލްކޮށްފައި އޮތީ 13:15ގައެވެ. އެ ބޯޓަށް ފުރުނީ 14:14ގައި ކަމަށް އެ ވެސްބައިޓުގައި އޮތެވެ.
އެހެންނަމަވެސް، އެ ބޯޓު ޑައިވާޓުކޮށް, 16:45ގައި އަލުން ވެލާނާ އެއާޕޯޓަށް ޖައްސާނެ ކަމަށް ޝެޑިއުލްގައިވެއެވެ.