އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވާން އިލްތިމާސްކޮށްފި

ސަން

28 ފެބްރުއަރީ 2026 | ހޮނިހިރު | 7:18

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާތީ، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ހުރިހާ ދިވެހިންވެސް އެމްބަސީތަކުގައި ރަޖިސްޓްރީވުމަކީ މުހިންމު ކަމެއް ކަމުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މައުޟޫޢުތަށް