ހުރިހާ ފަރާތަކުން ދޭ ހަމަލަތައް ރާއްޖެއިން ކުށްވެރިކޮށް ގޮވައިލީ ވަގުތުން ސުލްހަ ގާއިމްކުރަން
ސަން
28 ފެބްރުއަރީ 2026 | ހޮނިހިރު | 11:06
މެދުއިރުމަތީގައި މި ވަގުތު ހަމަލަ ދެމުން އަންނަ ހުރިހާ ގައުމަކުން ދޭ ހަމަލަތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށާއި، ވަގުތުން ސުލްހަ ގާއިމްކުރަން މަސައްކަތް ކުރުމަށް ރާއްޖެއިން މިރޭ ގޮވައިލައިފިއެވެ.
ވަކި ގައުމަކަށް ނިސްބަތް ނުކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ މިހާރު ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ދިއުމާ މެދު ދިވެހި ސަރުކާރުން ނުހަނު ބޮޑު ކަންބޮޑުވާ ކަމަށާއި، މަސްރަހު ބަލައި ފާރަވެރިވަމުންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މެދުއިރުމަތީގެ މަސްރަހުގައި އެކި ފަރާތްތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ސަރަޙައްދުގައި އަލުން ސުލްޙަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ވަނީ ގޮވާލާފައެވެ.