އިރާން ހަނގުރާމަ: މެދުކެނޑުމެއްނެތި ރާއްޖެއަށް މުދާ ލިބޭކަން ކަށަވަރުކުރަން އިތުރު ގޮތްތަކެއް ހޯދަނީ

ސަން

1 މާރިޗު 2026 | އާދިއްތަ | 12:05

މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، މެދުކެނޑުމެއްނެތި މުދާ ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންވާނެ އިތުރު މާކެޓުތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ، މެދުއިރުމަތީ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކުރާނެ އަސަރުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގާތުން ބަލައި، ކާބޯތަކެއްޗާއި އަސާސީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކުން ދިމާވާނެ ދަތިތައް ދެެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެެނިހެން މާކެޓުތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް، މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް