ހަނގުރާމަ ދެމިގެންދާނަމަ، ރާއްޖެއަށް ލިބޭ އިގުތިސާދީ ގެއްލުން ކޮވިޑަށް ވުރެ ބޮޑުވުން އެކަށީގެންވޭ: ޗީފް ސްޓެޓިސްޓީޝަން
ސަން
1 މާރިޗު 2026 | އާދިއްތަ | 12:17
އިސްރާއީލާއީ އެމެރިކާއިން ދޭ ހަމަލާތަކަށް އީރާނުން ދެމުން އަންނަ ރައްދުތަކާއެކު ފެށިފައިވާ ހަނގުރާމަ ދިގުލައިގެންދާނަމަ، ރާއްޖެއަށް އިިގުތިސާދީ ގޮތުން ލިބޭ ގެއްލުން ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރޭގައި ލިބުނު ގެއްލުމަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓީޝަން އާއިޝަތު ޙަސަން މިރޭ ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ، ކުވޭތު، ބަހްރެއިން، ސައުދީ އަރަބިއާ އަދި ގަތަރު ހިމެނެއެވެ.
އޭގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަގަށް ވަނީ ހުރަސްއެޅިފައެވެ.