ބޭރުން ދިމާވާ ލޮޅުންތަކުން އަރައިގަނެ، މުދާ އިމްޕޯޓް ކުރަން ރިޒާވްގައި ފައިސާ އެބަހުރި: މިނިސްޓްރީ

ސަން

1 މާރިޗު 2026 | އާދިއްތަ | 1:06

ބޭރު ގައުމުތަކުން އިގުތިސާދަށް ކުރިމަތިވާ ލޮޅުންތަކުން އަރައިގަނެ، ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންވާ ވަރަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ފައިސާ އެބަހުރި ކަމަށް، ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ، އީރާނުން މެދުއިރުމަތީގެ އެކި ގައުމުތަކަށް ހަމަލާ ދެމުން އަންނައިރު، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫ އަރައި، ތަކެތީގެ އަގުތައް އުފުލުމުގެ ބިރު ވަނީ އުފެދިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނުގައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް އަންނާނެ ބަދަލުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް