ކައުންސިލު އިންތިޚާބުގައި ޑިމޮކްރެޓްސްއިން ވާދަކުރަނީ ނުވަ ކެންޑިޑޭޓުން

ސަން

1 މާރިޗު 2026 | އާދިއްތަ | 10:44

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލުތަކުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަނީ އެންމެ ނުވަ ކެންޑިޑޭޓުން ކަމަށް، އެ ޕާޓީން ރޭ ބުނެފިއެވެ.

ކައުންސިލު އިންތިޚާބުގައި ޑިމޮކްރެޓްސްގެ ތެރެއިން ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 18ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

އެހެންވެ، މިވަގުތު 2،952 މެންބަރުން ތިބި ޑިމޮކްރެޓްސްއިން ވާދަކުރަނީ ކިތައް ކެންޑިޑޭޓުންތޯ 'ސަން'އިން ސުވާލުކުރުމުން، ވ. އަތޮޅު ކައުންސިލުގެ ރައީސް އަދި އަންނަ އިންތިޚާބުގައި ވ. ތިނަދޫ ކައުންސިލު ރައީސްކަމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ޝުޖާޢު ޢަލީ ރޭ ވިދާޅުވީ، ޖުމުލަ ނުވަ ކެންޑިޑޭޓަކު އެ ޕާޓީގެ ފަރާތުން ވާދަކުރާ ކަމަށެވެ.

މައުޟޫޢުތަށް