މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މަޙްޒޫމްގެ ކެމްޕެއިން ހަރަކާތެއް ވިލިމާލޭގައި ކުރިއަށްގެންގޮސްފި

ސަން

1 މާރިޗު 2026 | އާދިއްތަ | 11:44

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްއުސްތާޛު ޢަބްދުالله މަޙްޒޫމް މާޖިދުގެ ފަރާތުން ވިލިމާލޭގައި ކެމްޕެއިން ހަރަކާތެއް އިއްޔެ ބާއްވައިފިއެވެ.

'އެކްސް'ގައި މަޙްޒޫމް ލިޔުއްވާފައިވަނީ، އިއްޔެ ބޭއްވި ކެމްޕެއިން ހަރަކާތުގެ ދަށުން، ވިލިމާލޭގައި ދިރިއުޅޭ އާންމުންގެ ގިނަ ބަޔަކާ ބައްދަލުކުރެވި، މާލެއަށް އޭނާ ގެންގުޅޭ ތަސައްވުރާއި ހައްލުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ޒުވާން، ނަޒާހާތްތެރި ލީޑާޝިޕެއް ގިނަ ރައްޔިތުން ބޭނުންވާ ކަމަށް، މަޙްޒޫމް ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް