ކަނޑޫދޫ މިރުހުގެ އަގު ދަށަށް: ކިލޯއެއް 230 ރުފިޔާއަށް

ސަން

1 މާރިޗު 2026 | އާދިއްތަ | 12:13

މާލޭގެ ބާޒާރުގައި ތ. ކަނޑޫދޫ މިރުހުގެ އަގު މިއަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

ރޯދަމަސް ފެށުނުއިރު ވަރަށް ބޮޑަށް އަގު އުފުލިފައި ހުރި މިރުހުގެ އަގު މިހާރު ހުރީ އާންމުންނަށް ގަންނަން ފަސޭހަ މިންވަރެއްގައެވެ.

މިއަދު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް 100 ގްރާމް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކިލޯއެއްގެ އަގު އުޅެނީ 230 ރުފިޔާއާއި 280 ރުފިޔާއާ ދެމެދުގައެވެ.

މައުޟޫޢުތަށް