ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހޯދާ މީހަކު ޕީއެންސީއަށް ތާއީދު ކުރިޔަސް ޕާޓީއާ ގުޅުމެއް ނެތް: ޕީއެންސީ

ސަން

1 މާރިޗު 2026 | އާދިއްތަ | 1:03

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު, ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރިނަމަވެސް އެ ޕާޓީއާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް, ވެރިކަން ކުރާ ޕީއެންސީއިން މިއަދު ބުނެފިއެވެ.

އާމިރު ގެންދަނީ ޓިކްޓޮކްގައި, ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ, މޫސާ އަލީ ޖަލީލަށް ތާއީދުކުރާކަން ހާމަ ކުރަމުންނެވެ.

ޕީއެންސީއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އާމިރަކީ އެ ޕާޓީއާ ރަސްމީ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް