އެފްއޭއެމް ޚިޔާނާތާ ގުޅިގެން ދައުވާކުރާ އަގީލް، ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ސަން

1 މާރިޗު 2026 | އާދިއްތަ | 3:18

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، ހައްޔަރުކޮށްގެން ހާޒިރުކުރަން އަމުރުކޮށްފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ތައިލެންޑްގައި ހުއްޓައި ހައްޔަރުކުރުމަށްފަހު ރާއްޖެ ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އޮތީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެއީ، ބައްސާމްގެ ހިޔާނާތާ ގުޅިގެން ހެކިބަސް ނެގުމަށެވެ. އަގީލްގެ މައްޗަށް ވެސް އޮތީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ފުލުހުން 'ސަން' އަށް ބުނި ގޮތުގައި މިދިޔަ މަހުގެ 21ގައި ރާއްޖެ ގެނައުމަށްފަހު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒުކޮށްފައެވެ.

މައުޟޫޢުތަށް