އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން މައުރޫފާއި ޒާޔާގެ އިތުރުން 6 މީހަކަށް ދައުވާކޮށްފި
ސަން
1 މާރިޗު 2026 | އާދިއްތަ | 4:09
ތިނެއް އޮކްޓޯބަރުގައި އިދިކޮޅު އެމްޑީޕީއިން ކުރިއަށްގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ)ގެ އިތުރުން، އިތުރު ހަ މީހަކަށް ދައުވާކޮށްފިއެވެ.
ފުލުހުން މީގެ ކުރީން ވަނީ މައުރޫފަށާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ)ގެ އިތުރުން އަބްދުއްސަލާމަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ދައުވާކުރުމަށް ހުށަހަޅާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގައި ކަމަށެވެ.